ads
އިންޑިއާގެ އެކްޓަރު ސަންޖޭ ދަތު މުހިއްމު ރޯލަކުން ފެންނާނެ ފިލްމު "އާހިރީ ސަވާލު"ގެ ޕޯސްޓަރެއް - ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "އާހިރީ ސަވާލު"ގައި ސިޔާސީ ގޮތުން ނާޒުކު ވާހަކަތަކެއް!
ސަންޖޭގެ ފިލްމު "އާހިރީ ސަވާލު" ގައި ސިޔާސީ ގޮތުން ނާޒުކު ބައެއް މައުލޫމާތު އެބަހުރި ކަމަށް އިންޑިއާގެ ސެންސަރު ބޯޑުން ބުނެފި އެވެ.
Advertisement

ބޮލީވުޑްގެ ރިޕޯޓްތަކުން ބުނި ގޮތުގައި، "އާހިރީ ސަވާލު"ގައި ހިމެނޭ ސިޔާސީ ގޮތުން ނާޒުކު ބައެއް މައުލޫމާތުތަކުގެ ސަބަބުން ސެންސަރު ބޯޑުގެ މެންބަރުން އަންނަނީ ފިލްމު ވަރަށް ފަރުވާތެރިކަމާ އެކު ބަލަމުންނެވެ.

މި ފިލްމުގެ ޓްރެއިލާއަށް ވެސް ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ)އިން އަދި ހުއްދަ ދީފައި ނުވާކަން މިދިޔަ ހަފުތާގައި ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. ފިލްމެކޭ އެއްފަދައިން، އޭގެ ޓްރެއިލާ ވެސް އަދި އޮތީ ސެންސަރު ބޯޑުގެ ހުއްދައިގެ އިންތިޒާރުގަ އެވެ.

އެ ފިލްމު އިއްޔެ ރިލީޒްކުރަން ތާވަލުކުރި ނަމަވެސް، އިންޑިއާގެ ސެންސަރު ބޯޑުން ފިލްމާއި އޭގެ ޓްރެއިލާއަށް ހުއްދަ ދިނުމުގައި ލަސްވުމާ ގުޅިގެން އެ ފިލްމު މިހާރު ވަނީ މި މަހު 15 ގައި ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފަ އެވެ.

ފިލްމު "އާހިރީ ސަވާލް"ގެ ވާހަކަ، ސްކްރީންޕްލޭ އަދި ޑައިލޮގްތައް ތައްޔާރުކޮށްފައި ވަނީ އުތުކަރްޝް ނައިތާނީއެވެ. މި ފިލްމު ކޯ-ޕްރޮޑިއުސްކޮށްފައި ވަނީ ޕުނީތު ނަންދާ، ޑރ. ދީޕަކް ސިންގް، ގޯރަވް ދުބޭ އަދި އުޖްވަލް އާނަންދު އެވެ.

މި ފިލްމަކީ 1925 ވަނަ އަހަރު ކޭޝަވް ބަލީރާމް ހެޑްގޭވާރު އުފެއްދެވި "ރާޝްތުރިޔާ ސްވަޔަމްސޭވަކް ސަންގް" (އާރްއެސްއެސް)އަށް 100 އަހަރު ފުރުމާ ގުޅިގެން، އެ ޖަމާއަތުގެ ތާރީޚާއި ފަލްސަފާގެ ތެރެއިން ގިނަ ބަޔަކަށް ނޭނގޭ މުހިންމު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. 

ސަންޖޭ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "އާހިރީ ސަވާލް" ގެ ކާސްޓްގައި އަމިތު ސާތު، ސަމީރާ ރެޑީ، ޓްރިތާ ޗައުދަރީ، ނީތޫ ޗަންދުރާ އަދި މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ދަރިފުޅު ނަމާޝީ ޗަކްރަބަތީ ހިމެނެ އެވެ.

ސަންޖޭގެ "އާހިރީ ސަވާލް" މެއި މަހު ރިލީޒް ކުރަން ނިންމި އިރު، މިހާރު އިންޑިއާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ ފިލްމު "ދުރަންދަރު 2" އަކީ ވެސް އޭނަ ވަރުގަދަ ރޯލެއް ކުޅެފައިވާ ފިލްމެކެވެ.

ސަންޖޭގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ތެލެގޫ ފެންޓަަސީ ހޮރޯ-ކޮމެޑީ "ދަ ރާޖާސާބް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;