ads
ކެންސަރާ ހަނގުރާމަ ކުރަމުންދާ ހަތަރު އަހަރުގެ ނޯއީ އަހްމަދު - ފޮޓޯ: އަހްމަދު އަރުޝަމް
ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ކުޑަކުޑަ ނޯއީގެ ފަރުވާއަށް އެހީވަމާ!
މ. މުއްޔަށް އުފަން އުމުރުން އެންމެ ހަތަރު އަހަރުގެ ނޯއީ އަހްމަދަކީ ތުއްތު އުމުރުގައި ބޮޑު ވޭނެއް ތަހައްމަލު ކުރަން ޖެހިފައިވާ ކުއްޖެކެވެ. ނޯއީ އަންނަނީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "އެކިއުޓް ލިމްފޮބްލާސްޓިކް ލުކީމިއާ" އަށް ފަރުވާ ހޯދަމުންނެވެ.
Advertisement

ނޯއީގެ ބައްޕަ އަހްމަދު އަރުޝަމް "ސީއެންއެމް" އަށް ބުނީ، މީގެކުރިން ވެސް ނޯއީ އަވަސް އަވަހަށް ބަލިވާ ކަމަށާއި، އެކަމާ ގުޅިގެން ވަރަށް ގިނަ ފަހަރު ރަށު ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށެވެ.

އެގޮތަށް ބަލިވާތާ ގިނަ ދުވަސްތަކެއް ފަހުން، މިދިޔަ އޭޕްރިލް މަހު މާލެ ގޮސް އައިޖީއެމްއެޗަށް ދެއްކުމުން، ނޯއީގެ ވައިޓް ބްލަޑް ސެލް މަތިވާ ކަމަށް ބުނެ ވަގުތުން ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އަދި ނޯއީގެ ބައްޔަކީ ކެންސަރުކަން އެނގުމާއެކު، އިތުރު ފަރުވާއަށް ވީ އެންމެ އަވަހަކަށް އިންޑިއާއަށް ދާން ޑޮކްޓަރުން ލަފާ ދެއްވި އެވެ. އެއާއެކު، އަރުޝަމް އާއި ނޯއީގެ މަންމަ ވަހުދާ ހަމީދު ވަނީ އޭގެ ހަފްތާއެއް ފަހުން ދަރިފުޅު ގޮވައިގެން އިންޑިއާއަށް ފުރާފަ އެވެ.

"އާއިލާ އެންމެން މާލެ ދިޔަ ފަހަރަކު ދެއްކީމަ އައިޖީއެމްއެޗްގައި ވަގުތުން އެޑްމިޓްކުރީ. ބުނީ ވައިޓް ބްލަޑް ސެލްސް މަތިވަނީއޭ. ދެން ވަގުތުން އިންޑިއާއަށް ދާން ބުނީ، އޭރު ނޭނގެ ކޮން ކަހަލަ ކެންސަރެއް ކަމެއް." އަރުޝަމް ބުންޏެވެ.

ނޯއީއަށް ޖެހިފައިވާ ކެންސަރުގެ ބާވަތް ދެނެގަނެވި، މިހާރު އަންނަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަރުޝަމް ބުނީ މިހާރު ކުރިއަށްދަނީ ފަރުވާގެ ފުރަތަމަ މަރުހަލާ ކަމަށާއި، ހަފްތާއެއް ފަހުން ނޯއީ ހޮސްޕިޓަލުން ދޫކޮށްލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މުއްދަތަށް ފަހު ވެސް ހަ މަސްދުވަސް ވަންދެން ކޮންމެ ހަފްތާއަކު ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދަން ޖެހޭނެ ކަމަށާއި، އެއަށްފަހު ފަސް އަހަރު ވަންދެން ކޮންމެ ތިން މަހަކުން ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށް އަރުޝަމް ބުންޏެވެ.

"ހަފްތާއެއް ވީމަ ގެއަށް ދޫކޮށްލާ ގޮތަށް އޮތީ، އެކަމަކު ކޮންމެ ހަފްތާއަކު ހޮސްޕިޓަލަށް ދާން ޖެހޭނެ. ހަ މަސް ވަންދެން ކީމޯ ދޭން ޖެހޭނެ ކަމަށް ބުނެފަ އޮތީ." އަރުޝަމް ބުންޏެވެ.

ކުޑަކުޑަ ނޯއީ ބަލިން ސަލާމަތްކުރުމަށް އާއިލާއިން ކުރަމުން އަންނަ މަސައްކަތަށް މިވަނީ އެންމެހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވެފަ އެވެ. ނޯއީގެ ފަރުވާއަށް ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރަން ޖެހުމަކީ އާއިލާއަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ނޯއީގެ ފަރުވާއަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް، އިންޑިއާގައި ދިގު މުއްތަދެއް ހޭދަކުރަން ޖެހޭތީ ހުރުމާއި ކެއިންބުއިމުގެ އިތުރުން އެހެނިހެން ކަންކަމަށް ވެސް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ އެވެ.

your imageނޯއީގެ ބަލި ހާލަތު އަންގައިދޭ ލިޔުމެއް

އެހެންކަމުން އާއިލާއިން ވަނީ ނޯއީގެ ފަރުވާ ފުރިހަމަކުރުމަށް ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް އެދިފަ އެވެ. މި ދަނޑިވަޅުގައި ފޯރުކޮށްދޭ ކިތަންމެ ކުޑަ އެހީއަކީ ވެސް ނޯއީގެ ސިއްހަތާއި މުސްތަގުބަލަށްޓަކައި ވަރަށް ވެސް މުހިންމު ކަމެއްގެ ގޮތުގައި އާއިލާއިން ފާހަގަކުރެ އެވެ.

ނޯއީގެ ފަރުވާއަށް އެހީވެދެއްވުމަށް:

ގުޅޭނެ ނަންބަރު: 9513011 / +91 9744552503 އަހްމަދު އަރުޝަމް (ބައްޕަ)

9573011 / +91 7356349207 ވަހުދާ ހަމީދު (މަންމަ)

9781122/ +91 9895064694 ފާތިމަތު މައީޝާ (ބޮޑުދައިތަ)

ބީއެމްއެލް ދިވެހި ރުފިޔާ: 7770000012533 ‏‏ފާތިމަތު މައީޝާ

ބީއެމްއެލް ޑޮލަރު: 7730000220837 ‏‏ފާތިމަތު މައީޝާ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;