ads
ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަ: އެޗްޕީއޭ
ރާއްޖެއަށް ހަންޓާވައިރަސްގެ ރިސްކު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފިއެވެ.
Advertisement

މީގެ މަސް ދުވަސް ކުރިން އާޖެންޓީނާއިން ފުރައިގެން ދަތުރުކުރަމުން ދިޔަ އެ އުޅަނދުގައި ބަލި ފެތުރި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ ފަރުވާ ދިނުމަށް އުޅަނދުން ބާލާފަ އެވެ. 

އެޗްޕީއޭއިން މިރޭ ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ އެކަން މޮނިޓާކުރަމުން ކަމަށެވެ. 

އަދި މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ހަމައެއާއެކު ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުން ދާނެ ކަމަށެވެ.

ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމެއިއާ ވިދާޅުވި ގޮތުގައި ބަލި ޖެހުނު މީހުންނާ އެކު އެއް ކެބިންއެއްގައި ތިބި މީހުންގެ ތެރެއިން ވެސް ބައެއް މީހުންނަށް ބަލީގެ ވައިރަސް އަރާފައި ނެތް ކަމަށް ބެލެވެ އެވެ.

"މިއީ އާ ކޮވިޑެއް ނޫން، މިއީ ހިމަބިއްސާ ގާތްކުރާ ވަރުގެ ކަމެއް ވެސް ނޫން،" ހަންޓާވައިރަސްއަކީ ކެއްސާ މީހެއްގެ ކައިރީގައި ހުރެގެން ވެސް ޖެހޭ ބައްޔެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ

ނުރައްކާތެރި މި ބަލި އާއްމު ގޮތެއްގައި ފެތުރެނީ މީދަލުގެ ތެރޭގަ އެވެ. އިންސާނުންނާ ހަމައަށް ބަލި އަންނަނީ ނާދިރު ހާލަތެއްގައި ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;