ads
ޖަންނަތުގެ ޕޯސްޓަރު
ޖަންނަތުގެ ކާސްޓުންނަށް ޑާކްރެއިންގެ ތައުރީފް!
ޑާކް ރެއިން އިން އަންނަ އޮގަސްޓު މަހުގެ 3 ވަނަ ދުވަހު ނެރޭ ޖަންނަތު ފިލްމުގެ ކާސްޓުންގެ މޮޅު އެކްޓިންއަށް އެ ޕްރޮޑަކްޝަންއިން ތައުރީފުކޮށް ޕޯސްޓުތަކެއް ކޮށްފި އެވެ.
Advertisement

އެ ގޮތުން އެ ޕްރޮޑަކްޝަނުން ކޮށްފައިވާ ޕޯސްޓްތަކަށް ބަލާ އިރު އެންމެ ފުރަތަމަ ވެސް އަޅާއިގަންނަނީ އެ ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާ އިސްމާއިލް ރަސީދު (ކޮޕީ އިއްސެ) އަށް ކޮށްފައިވާ ތައުރީފެވެ.

އިއްސެ ކުޅޭ ކޮންމެ ކެރެކްޓަރެއްގެ ސިފަޔާއި ރޫޙު ގެނެސްދިނުމުގައި އޭނާ ދައްކުވައިދެނީ އާދަޔާ ހިލާފަ ރޫހެއް ކަމަށް ފާހަގަ ކުރަމުން އެ ޕޯސްޓުގައި އެ ޕްރޮޑަކްޝަނުން ބުނެފައި ވަނީ ކެރެކްޓަރަށް ބޭނުންވާ ނުރައްކާތެރި ނުވަތަ ހަރުކަށި ސިފަތަކާއި، ހިތްތައް ދަމައިގަންނަ ފަދަ ޝަހުސިއްޔަތުވެސް އޭނާ ހަމަ އެހާމެ ފުރިހަމައަށް ދައްކުވައިދޭ ކަަމުގައި އެވެ. 

މީގެ އިތުރުން އެ ފިލްމުން ފެނިގެންދާ އެހެން ތަރިއެއް ކަމަށްވާ މުހައްމަދު އަފްރާހްގެ އެކްޓިންނައް ތައުރީފު ކުރަމުން ޑާކްރެއިން ބުނެފައިވަނީ މަޖާ ރޯލުތަކުން ފެށިގެން ހިތާމަވެރި ރޯލުތަކާ ހަމައަށް، އަފްރާއަކީ އޭނާއަށް ލިބޭ ކޮންމެ ކަހަލަ ކެރެކްޓަރެއްވެސް ފުރިހަމައަށް ކުޅެލުމުގެ ގާބިލުކަން ލިބިފައިވާ ހުނަރުވެރި އެކްޓަރެއްކަމުގައި އެވެ.

މީގެ އިތުރުން މި ފިލްމުގައި ރީނާގެ ރޯލުން ފެނިގެންދާ ސުހާ އަށް ތައުރީފު ކުރަމުން ކުރި ޕޯޯސްޓުގައި ބުނެފައިވަނީ އޭނާ އެ ރޯލް ކުޅެފައިވާ ގޮތުން ބެލުންތެރިން އޭނާ ދެކެ ލޯބި ނުވެ ނުދާނެ ކަމަށާއި އޭނާ އެ ރޯލް އަދާކޮށްފައިވަނީ އިންތިހާ އަށް ފުރިހަމަކޮށް ކަމުގައި އެވެ. 

މި ފިލްމަކީ އައިސަތު ފުއާދު ތައުފީގު އަދި އަހުމަދު ތޮލާލު ލިޔެ އަލީ ޝަފީއު ޑިރެކްޓުކޮށްފައިވާ ވަރަށް ތަފާތު ފިލްމަކަށް ވެގެން ދާނެ ކަމަށް ޑާކް ރެއިން އިން ބުނެ އެވެ. 

މި ފިލްމު ސިނަމެޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފު އެވެ.

ފިލްމުގައި ސަރަފް، ސުހާ، ކޮޕީ އިއްސެ، އާއިދާ، އަފްރާހް އަދި އަންޖީ ފަދަ ތަފާތު ފަންނާނުން ފެނިގެންދާނެ ކަމަށް ޑާކް ރެއިން ވަނީ ފާހަގަ ކޮށްފައި އެވެ. 

ޑާކް ރެއިން އެންޓާޓައިންމަންޓް ފާހަގަ ކުރެވެނީ ތަފާތު މޮޅު ފިލްމުތަކެއް ނެރޭ އަދި އާންމުން ގެ މަގްބޫލު ޕްރޮޑަކްޝަން އެއްގެ ގޮތުގައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;