ads
މަޓީގެ ޗެއާޕާސަން ހުސެއިން އަފީފް ވާހަކަ ދައްކަވަނީ: ބީއެމްއެލުން ޓޫރިޒަމަށް ދޭ އެހީތެރިކަން އޭނާ ފާހަގަ ކުރެއްވި
ބީއެމްއެލްއަކީ ޓޫރިޒަމް ދާއިރާގެ އިތުބާރުހިފޭ ބައިވެރިއެއް: އަފީފް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޭ އެހީތެރިކަން ބޮޑުކަމަށާއި އެއީ ޓޫރިޒަމްގެ ދާއިރާއަށް ވަރަށް މުހިއްމު ބައިވެރިއެއް ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.
Advertisement

ޓޫރިޒަމްގެ ދާއިރާއަށް ބީއެމްއެލްއިން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާ އަފީފް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ސިނާއަތް ކުރިއަރަމުންދާއިރު، ރިސޯޓު ތަރައްގީ ކުރުމަށާއި، އުފެއްދުންތައް އިތުރުކުރުމަށާއި، އޮޕަރޭޝަނަލް ރެޒިލިއަންސްއަށް މަގުފަހިކުރުވުމަށް މާލީ އެހީތެރިކަން މުހިންމުކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް މުހިންމު، އިސް ބައިވެރިއެއް. އެ ބޭންކުން ދޫކުރާ ފައިނޭންސިންގެ އެހީގައި މި ސިނާއަތް ފުޅާކުރުމަށާއި، އާ ހިދުމަތްތައް ތައާރަފްކުރުމަށާއި، އަދި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަނީ މަގުފަހިވެފައި. ފައިނޭންސިންގ ހޯދުމަށް އައު މަގުތައް ހޯދުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ގާބިލުކަން އިތުރުވެ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ހިއްސާއެއް ލިބިގެންދާނެ." ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބީއެމްއެލުން ކުރިއަށް ގެންދިޔަ ނޮން-ޑީލް ރޯޑް ޝޯގެ ބައްދަލުވާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޓޫރިޒަމްގެ އެއް ބާނީ އަފީފް ވިދާޅުވި އެވެ.

މަޓީގެ ޗެއާމަން މިފަދައިން ވިދާޅުވެފައި މިވަނީ ބީއެމްއެލްގެ ފަންޑިން ބޭސް ފުޅާ ކުރުމަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ފައިނޭންސް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;