ads
އެމްއެމްއޭ ބިލްޑިންގ - ފޮޓޯ: އެމްއެމްއޭ ފޭސްބުކް
ފަވަރަ މެދުވެރިކޮށް މިދިޔަ އަހަރު 51 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފި
މަރުކަޒީ ބޭންކް - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް - "ފަވަރަ" މެދުވެރިކޮށް މިދިޔަ އަހަރު 51 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޓްރާންސްފާކޮށްފި ކަމަށް އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.
Advertisement

މިއީ އޭގެ ކުރީ އަހަރަށް ވުރެ 123 ޕަސެންޓުގެ އިތުރުވުމެކެވެ. ހިސާބުތަކުން ދައްކާ ގޮތުން 2024 ވަނަ އަހަރު ފަވަރަ މެދުވެރިކޮށް ހިންގީ 7.8 މިލިއަން ޓްރާންސެކްޝަނެވެ. އެއީ 24 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އެމްއެމްއޭ އިން ފަވަރަ ތައާރަފުކުރީ 26 އޮގަސްޓް 2023 ގަ އެވެ. ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ އިތުރުން މޮރިޝަސް ކޮމާޝަލް ބޭންކް އިން ފަވަރައިގެ ހިދުމަތް ލިބެ އެވެ.

މީގެ އިތުރުން ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް)ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އިން ވެސް ފަވަރަގެ ހިދުމަތް ލިބެ އެވެ. 

އެމްއެމްއޭ އިން އަންނަނީ ފަވަރަ މެދުވެރިކޮށް ހިންގާ ޑިޖިޓަލް މުއާމަލާތްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެމްއޭ އިން ވަނީ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމެންޓް ލިމިޑެޓާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ބޭނުމަކީ އިންޑިއާގެ ޔުނިފައިޑް ޕޭމެންޓް އިންޓަފޭސް (ޔޫޕީއައި) އާއި ފަވަރަ ގުޅާލައި ދެގައުމުގެ ބޭންކްތައް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ގޮތް ހެދުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;