އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް. ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށްމެ މުޖްތަމައުގެ އެހީތެރިކަމާއި އެއްބާރުލުންދީ ބަދަހި ޤައުމެއް ބިނާކުރުންކަމަށެވެ.
ތެލެސީމިއާ ކުދިން ތިބި ާއިލާތަކަށް ބޭނުންވާނެ ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާ އަދި މަސްއޫލިއްޔަތެއްކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ
ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;