ads
ބަންޑާރަ ނައިބު އަހްމަަދު އުޝާމް
ގެއްލުނު ކަނޑު ހޯދަން ބޭރުގެ ވަކީލުންނާ ހަވާލު ކުރަނީ
ދިވެހިރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލަ ބޭރުގެ ލީގަލް ޓީމަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވި އެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ މިމައްސަލާގައި އެކުލަވާލި ޓީމުން ހެދި ދިރާސާ ކެބިނެޓަށް ހުށަހަޅައި، އެކަމުގައި ސަރުކާރުން ނިންމަވާފައިވަނީ ވަނީ މިމައްސަލަ ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ. ބަނޑާރަ ނައިބު ވިދާޅުވީ މައްސަލަ ބައިނަލްއަޤްވާމީ ޤާނޫނީ ޓީމަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައީ ނިމިދިޔަ ސަރުކާރުން އެ މައްސަލާގައި އަމަލުކޮށްފައިވާ ގޮތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މި މައްސަލަ ނިމިގެ ދިޔައިރު ރާއްޖެއަށް ކަނޑުގެ ސަރަހައްދު ގެއްލި އެކަމުގައި 37 މިލިޔަން ރުފިޔާ ހޭދަވެފައިވާ ސަރުކާރުން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;