ads
ރައީސްް މުއިއްޒު އަދި އަބްދުއްރަހީމް
2 ވަނަ ދައުރަކަށް ހޮވޭނެ ފުރަތަމަ ރައީސަކީ މުއިއްޒު: އަދުރޭ
މިހާރު އަމަލުކުރަމުންދާ ގާނޫނީ އަސާސީގެ ދަށުން ރިޔާސީ ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިހާބުވެވަޑައިގަންނަވާނެ ފުރަތަމަ ރައީސަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
Advertisement

އަބްދުއްރަހީމް މިހެން ވިދާޅުވީ މިދިޔަ ކައުންސިލު އިންތިހާބުގައި އއ. ހިމަންދޫން ފުރިހަމަ އަގުލަބިއްޔަތު ޕީއެންސީއަށް ލިބުމުން އެކަމުގެ އުފާފާޅުކުރުމަށް ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ގިނަ ދުވަސްތަކަށް ފަހު ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއީ ޕީއެންސީ މެންބަރުން މާޔޫސްވާންވީ ވަގުތެއް ނޫން ކަމަށާއި، މިއީ އެ ޕާޓީގެ މެމްބަރުން އުންމީދު އާ ކޮށް ހިތްވަރާއެކު ނުކުންނަންވީ ވަގުތު ކަމަށެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެކަން ރައީސް މުއިއއްޒު ކުރައްވާނީ ރައްޔިތުންގެ ލޯތްބާއި ތާއީދާއެކު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ޝައްކު ނުކުރައްވާތި، މާޔޫސްވެ ވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ ﷲ ސުބުހާނޫ ވަތައާލާގެ ހެޔޮ ރަހުމަތްފުޅުން 2028 ވަނަ އަހަރު މި ގައުމުގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ވަގުތަކީ ކަންކަން މަތީ މީހުން ދައްކާ ވާހަކަތަކަށް ހެއްލި އެކަމަށް ރައްދު ޕީއެންސީ މެމްބަރުން ދޭންވީ ވަގުތު ނޫންކަމަށާއި މި 2028 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވާންވީ ވަގުތުކަމަށެވެ. 

" 2028، ރައީސް މުޢިއްޒާއެކީގަ ކާމިޔާބުކުރަން އަޒުމް އައުކޮށް ކަމަރު ބަންނަންވީ ވަގުތޭ މިއީ، މަގުތައް މަތިންނާއި ކަންކަން މަތިން ދައްކާ ވާހަކައަށް ހެއްލެންވީ ވަގުތެއްނޫނޭ މިއީ، އެ ވާހަކަތަކަށް އަޅުގަނޑުމެން ރައްދުދޭނީ އަމަލާއި ބަހުންނޭ، ނަތީޖާ ނެރެގެންނޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރޭގެ ޖަލްދސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ނުސީދާކޮށް ރައީސް ޔާމީނަށާއި އެމަނިކުފާނު އުފައްދަވާފއަިވާ ޕީއެންއެގްއަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި އެ މީހުން އުޅެނީ އަމިއްލަ އެދުމައިގެން ކަމަށެވެ. 

އަދި ޕީއެންސީއަކީ ވޯޓުން ބަލިވިޔަސް، ރައްޔިތުންގެ ނިންމުން ބަލައިގަނެ، ކުރިއަށް ދިއުމުގެ ހިތްވަރު އޮތް ޕާޓީއެއްކަމަށާއި ކޯޓުން ނަތީޖާ ނެރޭނެ ބައެއް ނޫންކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.  

" އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމަ ކޯޓުން ނަތީޖާ ނެރޭ ބައެއްނޫން، އަޅުގަނޑުމެންނަކީ ރައްޔިތުންގެ ނިންމުން ބަލައިގަނެ، އެއަށް އިހުތިރާމުކޮށް، ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ރޫހާ އެއްގޮތަށް ކުރިއަށް އޮތް ތަން ރާވަން އެނގޭ، ރާވަން ކެރޭ، އެ ހިތްވަރު އޮތް، އެ ހިތްވަރުހުރި ފިކުރެއްގެ ތެރެއިން އައިސް ތިބި ބައެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީ ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު ހިޔާލު ތަފާތުން އުފެދި ޕީއެންސީގައި އިސްސަފުން އަބްދުއްރަހީމް ނުފެންނަތާ އެތައް ދުވަހެއް ފަހުން ޕޯޑިއަމެއްގައި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;