އެޗްޑީސީން ބުނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ޗެނަލަށް އޮއިވަރާއެކު ވަންނަ ކުނިތައް މަދުކުރުމަށް އެ ސަރަހައްދުގައި ދާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި މަސައްކަތް ކުރަމުންދާ ފޮޓޯތައް އެޗްޑީސީން ވަނީ ދައްކާލާފަ އެވެ.
އެޗްޑީސީން ބުނީ ދާ ޖެހުމުގެ މަސައްކަތަކީ ހުޅުމާލޭ ޗެނަލް ސާފުކޮށް ބޭއްވުމަށާއި އެ ތަނުގެ ރީތިކަން ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.
ހުޅުމާލޭ ޗެނަލްގެ ތެރެއަށް އޮއިވަރާއެކު ޖަމާވާ ކުނި މަދުކުރުމަށްޓަކައި އެތަނުގައި ދާ ޖެހުމުގެ މަސައްކަތް ކުރަނީ
ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ގެ ވާހަކަ ދެކެވެން ފެށީ މިދިޔަ ހޯމަދުވަހު އެ ސަރަހައްދަށް ކޯމަސް އައިނެއް ވަދެ ގިނަ ބައެއްްގެ ސަމާލުކަން އެ ސަރަހައްދަށް ހުއްޓުމުންްނެވެ. އެހެންނަމަވެސް ޖެހިގެން އައި ދުވަހު ވަނީ އެ ސަރަހައްދަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ކުނި ބުނިތައް ވަދެ މުޅި ސަރަހައްދު ކުނި ބުނިން ފުރާލާފަ އެވެ.
ހުޅުމާލޭގައި ގިނަ ބަޔަކު މޫދަށް އެރެެން މީހާރު ބޭނުން ކުރަމުން އަންނަ ސަރަހައްދަކީވެސް ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ޗެނަލް ސަރަހައްދެވެ. ހަފްތާ ބަންދުގައި ގިނަ ބަޔަކު އެތަން ޖަމާވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;