ads
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ. ތޮއްޑޫގައި އާ އޭޓީއެމް ހިދުމަތް ތައާރަފުކުރުމުގެ ތެރެއިން - ފޮޓޯ: އެމްއައިބީ
އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ. ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
Advertisement

ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ.

އެމްއައިބީން ބުނީ ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ފެށީ އެ ބޭންކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ. 

މިގޮތުން ތޮއްޑޫގައި ގާއިމުކުރި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ތޮއްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

"މި އޭޓީއެމް ހިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށް،" އެމްއައިބީން ބުންޏެވެ.

އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ފެށިއިރު، އެ ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު މާލޭގެ އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި 24 ގަޑިއިރު ހިދުމަތް ލިބޭ އާ އޭޓީއެމްއެއް ވެސް ހުޅުވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;