އެސްޓީއޯއިން ބުނީ ފިނި ފިނި ހިޓާޗީ ޕްރޮމޯޝަން 2026 ކުރިއަށްދާނީ މި މަހުގެ ފަހަކުން ފެށިގެން ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ބައްލަވައިގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި މީހަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބޭނެއެވެ.
ހިޓާޗީ ބްރޭންޑަކީ ދިވެހީންގެ ތެރޭގައި ނަން މަޝްހޫރު، ދިވެހީންގެ އިތުބާރު ލިބިފައިވާ ފެންވަރު ރަނގަޅު ބްރޭންޑެކެވެ. ވަކިން ޚާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ އުފެއްދުމެކެވެ.
އެ ޕްރޮމޯޝަން، މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައިވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;