އެ ކޮމިޝަނުން މިއަދު ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްސީލު އާއްމުކޮށްފައެވެ. އީސީން ބުނީ ބައި- އިލެކްޝަންގައި އައްޑޫ ސިޓީގައި ފަސް ފޮށި ބަހައްޓާއިރު މާލޭ ސިޓީގައި އުޅޭ އައްޑޫ ރައްޔިތުންނަށް ދެ ފޮށި ބަހައްޓާނެކަމަށެވެ.
ބައި-އިލެކްޝަންގައި ވޯޓް ފޮށި ބަހައްޓާތަން ތަން
މި އިންތިހާބުގައި ހުޅުމާލޭ ވޯޓް ފޮށްޓެއް ނުބަހައްޓާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;