ads
ކޮންމެ ދުވަހަކަށް ވަކި ބަޖެޓް، ހަމަވީމާ އެދުވަހަކު ޝީއިން، ޓީމޫއިން ވިޔަފާރި ނުކުރެވޭނެ
ބޭރުގެ ސައިޓްކަުން ވިޔަފާރިކުރުމަށް ބޭންްކުން ދުވާލަކު ވަކިވަރެއްގެ ބަޖެޓެއް ކަނޑައަޅާފައިވާކަމަށާއި އެ އަދަދު ހަމަވުމުން ސައިޓްތަކުން އެދުވަހަކު ވިޔަފާރި ރާއްޖެއިން ނުކުރެވޭނެކަމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
Advertisement

ޝީއިން އާއި ޓީމޫ ފަދަ ވެބްސައިޓްތަކުން ވިޔަފާރިކުރެވޭ މިންވަރު ވަކި އަދަދެއް ކަނޑައަޅަން ބީއެމްއެލް އިން ނިންމުމުން އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެކަމާއި ގުޅިގެން ބީއެމްއެލްއިން މިއަދު ބުނީ  ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް ބަދަލެއް ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކް އޮފް މޯލްޑިވްސްއަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަން ޖެހިފައިވާތީކަމަށެވެ. . 

އެގޮތުން ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކާކަން ބީއެމްއެލުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި ފިޔަވަޅުތައްް އެޅީ ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކުރުމުގެ ގޮތުންކަމަށެވެ. 

" މިގޮތުން، ކުރިން މިދެންނެވި ފަދަ { ޝީއިން އާއި ޓީމޫ ފަދަ } ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން މިދަނީ ވިއްކަމުންނެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން (ބައެއް ރީޓެއިލް ސައިޓް ތަކުން) ވިޔަފާރިއެއް ނުކުރެވޭނެއެވެ." ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވިއެވެ.

އެ ސައިޓްތަކަށް ލިމިޓެއް އޮތް ނަމަވެސްް އެހެނިހެން ސައިޓްތަކުން ހިދުމަތް ހޯދުމަށް ބުރުލެއްނާރާނެކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އެކަން މިހާރު  ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް އަންގަމުންދާނެކަމަށާއި ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާއި ނުލައި މުއާމަލާތްތަކަށް ބޭނުންކުރެވޭނެކަމަށްވެސް ގައުމީ ބޭންްކުން ބުނެއެވެ. 

" މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ އަދި ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން 3 މަސްދުވަހުގެ މުހުލަތެއް ދީފައިވާނެއެވެ. މި މުހުލަތުގައި ބެލެނިވެރިންގެ ކާޑު ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސޭނެއެވެ." ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވިއެވެ.

އީކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވެފައިވާކަމަށްވެސް ބީއެމްއެލުން ބުނެއެވެ. ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް މި ބޭންކުން ގެންނަމުންދާނެކަމަށްވެސް ބީއެމްއެލުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;