ads
ފުލުހުން ނައްތާލި ބަނގުރާ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 500ވުރެ ގިނަ ރާ ފުޅި ނައްތާލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 500 ވުރެ ގިނަ ރާ ފުޅި ނައްތާލައިފިއެވެ.
Advertisement

ފުލުހުން ބުނީ މިއަދު ނައްތާލީ އެ އިދާރާއަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރާކަމަށެވެ.

 ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ 502 ފުޅި ބަނގުރަލާއި 20 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 11އައިޓަމްކަމަށް ފުލުހުން ބުނެއެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ކޮތަޅާއި ދަބަސް އަދި ލަގެޖު ފޮށިފަދަ ތަކެތި ހިމެނޭކަމަށް ފުލުހުން ބުނެއެވެ. 

your imageފުލުހުން ނައްތާލި ބަނގުރާ

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;