ހެލެތް ޕްރޮޓެކްޝަން އެޖްނެސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އިންފުލުއެންޒާއަށް ޕިޒިޓްވާ މީހުން އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މަހަކަށްވުރެ މަހެއް މި ބައްޔަށް ޕޮޒިޓިވްވާ މީހުން ގިނަކަމަށް ހިސާބުތަކުން ދައްކައެވެ. އެޗްޕީއޭއިން ބުނީ ސްކޫލްތަކާއި އޮފީސްތައް ފަދަ މީހުން ގިނައިން އެއްވެއުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
އިންފުލުއެންޒާ ފެތުރެމުންދާ މިންވަރު އިތުރުވަމުން އަންނާނީ ޑޮކްޓަރު މުހައްމަދު އަލީ ވަނީ ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައިފިއެވެ. އޭނާ ވަނީ އީދު ބަންދު ކުރިޔަށް އޮތުމުން ބަންދުގެ 2 ހަފްތާ ކުރން ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ. ސަބަބެއްކަމަށް ވިދާޅުވީ ަށިގަނޑުގައި ވެކްސިން މަސައްކަތް ކުރަން ދެ ހަފުތާ ވަރު ނަގާނެތީކަމަށެވެ.
އެޗްޕީއޭއިންވެސް ވަނީ ހައްޖަށް ފުރާ މީހުންވެސް ވީ އެންމެ އަވަހަށް އިންފުލެއެންޒާ ވެކްސިން ޖެހުމަށްވެސް އިލްތިމާސްކޮށްފައެވެ. އެގިތުން ފުރުމުގެ ދެ ހަފްތާކުރިން ވެކްސިން ޖެހުމަށް އެޗްޕީއޭއިންވެސް ވަނީ އެދިފައެވެ.
އިންފުލުއެންޒާއިން ރައްކާތެރިވުމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފައި
އިންފުލުއެންޒާއަކީ ނޭވާލާ ނިޒާމަށް ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. މި ބަލި އާންމުގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހިއަޅާއިރު ބޭރުވާ ކުޅު ނުވަތަ އަރިދަފުހުގެ ޒަރީއާއިންނެވެ. ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުން، ކެއްސުން، ކަރުތެރެ ފާރުވުން، ނޭފަތުން އަރިދަފުސް ފޭބުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ވަރުދެރަވުން ހިމެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;