ads
ހުމާ ގުރޭޝީ އާއި އޭނާގެ ލޯބިވެރިޔާ ރަޗިތު ސިންގް.
ހުމާ ގުރޭޝީ ކައިވެނި ކުރަނީ
ބޮލީވުޑްގެ އެކްޓްރެސް ހުމާ ގުރޭޝީ އާއި އޭނާގެ ލޯބިވެރިޔާ ރަޗިިތު ސިންގް އަންނަ އޮކްޓޯބަރު މަހު ކައިވެނިކުރަން ނިންމައިފި ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
Advertisement

އެމީހުންގެ ކައިވެނީގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް އެ މީޑިއާ ރިޕޯޓް ގައި ބުނެފައިވެ އެވެ.

ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހު ކުރީކޮޅުގައި ކަމަށް ހިންދުސްތާން ޓައިމްސް އިން ބުނެ އެވެ. 

ކައިވެނީގެ ހަފުލާ ބާއްވަނީ ހަމައެކަނި އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނަށް ބައިވެރިވެވޭ ގޮތަށް މުމްބާއީގައި ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައި އެވެ. 

ހުމާ އާއި ރަޗިިތް އެންގޭޖްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގަ ނަމަވެސް، އެމީހުން ވަނީ އެކަން އާންމުންނަށް ސިއްރުކޮށްފަ އެވެ.

ރިޕޯޓް ތަކުން ބުނާ ގޮތުގައި އެ މީހުންގެ ކައިވެނި ޕާޓީ އަށް ބޮލީވުޑް ތަރިންނައް ހާއްސަކޮށްގެން ބޮޑު ހަފްލާއެއް ބާއްވަން ނިންމާފައި ވާ ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;