ސަސްޕެންކޮށްފައިވަނީ ޒަކަރިއްޔާ ހުސެއިން އާއި އަހުމަދު އަލީ އެވެ.
މީގެކުރިން ސިވިލް ސާރވޮސް ކޮމިޝަންގެ މެމްބަރުކަން ކުރައްވާފައިވާ ޒަކަރިއްޔާ ހުސެއިން އަކީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާއެވެ. އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ. އޭނާ ވަނީ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ މަގާމު އަދާކުރައްވާފައެވެ.
ޒަކަރިއްޔާ ހުސެއިން އާއި އަހުމަދު އަލީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވަނީ ބަލަމުންދާ މައްސަލަކާއި ގުޅިގެންކަމަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް އެއީ ކޮންމެ މައްސަލައެއްކަން ސާފެއް ނުވެއެވެ.
ޑީޖޭއޭ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފައިވާއިރު މިދިޔަ މަހުގެ 20 ވަނދުވަހު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު (ސީޖޭއޭ)ގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެނގިފައިވާ ގޮތުން އަމްޖަދު އިސްތިއުފާދެއްވި ދުވަހުން ފެށިގެންވެސް ޒަކީ ހުރީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު ހަމަޖެއްސީ ފެބްރުއަރީ 2025 ގައެވެ. އެއީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެންބަރު 2024 ގައި އިސްތިއުފާދެއްވުމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;