ads
މިނިސްޓަރު ސައީދު، މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިވެރިންނަށް ހާއްސަކޮށް ފޯރަމެއް ފަށަނީ
އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ވިޔަފާރި ފޯރަމެއް މި މަހުގެ 14 އަދި 15 ވަނަ ދުވަހު އައްޑޫގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި އަމާޒު ހާުސިލްކުުރުމަށް އައްޑޫ ސިޓީ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް މި މަހުގެ 13 އަދި 14 ގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިތުރަށް ސައީދު ވިދާޅުވީ އައްޑޫ ނޫނަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ފުޅާކޮށް އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ވިޔަފާރި ފެށުމަށާއި ފުޅާކުރުމަށް އިންސެންޓިވްތަކެއް ތައާރަފުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑުމެން މި ގަސްތުކުރަނީ އެކަން ފެށުމަށްޓަކައި މިމަހުގެ އެއީ މި މޭމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަސް އައްޑޫގެ ވިޔަފާރިވެރިންނަށް އަދި ދެކުނުގެ ވިޔަފާރިވެރިންނަށް އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ މާލޭގައި ވިޔަފާރިކުރައްވާ ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް މިފޯރަމް ކުރިއަށްގެންދަން ގަސްތުކުރަނީ،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގައި "ފްރީ ޒޯން" ގެ ހަރަކާތްތަކެއް ފެށުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން މިހާރު މަސައްކަތް ކުރަމުންދާ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;