ads
ގެއްލިގެން ހޯދަމުން އަންނަ އާއިޝަތު އަލްޔާ އަލީ
އަލްޔާ ފެނިއްޖެ، ހާލު ރަނގަޅު
ހުޅުމާލެ ފޭސް 2 އިން ގެއްްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ގެއްލިގެން ހޯދަމުންދިޔައީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، އާއިޝަތު އަލްޔާ އަލީ (15އ) އެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ  އަލްޔާ މިހާރު ވަނީ ފެނިފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ބުނެއެވެ. އެއަށްވުރެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. 

އަލްޔާ ގެއްލިގެން ހޯދަން ފެށީ އިއްޔެގެ ހަވީރު 16:15 ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެންނެވެ. އެ ކުއްޖާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ގެ ދަންވަރުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;