ރައްޔިތުން މަޖިލީހުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލާއި އެކު މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރާނެ ގާނޫނެއް އޮންނަން ޖެހެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ ސިޔާސީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރެވޭނެ އިޖުރާއަތްތައް ބަޔާންކުރާ ބިލު އަންނަ ހަފުތާ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މި ބިލަކީ ރައްޔިތުން މަޖިލީހުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއި ގުޅިގެން ހުށައަޅާ ބިލެއްކަމަށެވެ.
އުޝާމް ވިދާޅުވީ އެ ގާނޫނު މަޖިލީހަށް ހުށަނާޅާ މިހާތަނަށް މަޑުޖައްސާލީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުހު އެންޓި ޑިފެކްޝަން މާއްދާއާއި ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމްކޯޓުގައި ހިނގަމުންދާތީ އެ މައްސަލަ ނިމެންދެން ކަމަށެވެ. އުޝާމް ވިދާޅުވީ މިހާރު އެ ބިލުގެ މަސައްކަތް ނިންމިފައިވާކަމަށެވެ. އަދި އަންނަ ހަފުތާ ބިލު މަޖިލިހަށް ފޮނުވާނެކަަމަށް އުޝާމް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;