ގަލޮޅު ސަހަރާގައި ހަދާފައި މޯޗަރީ ހަދާ އެތަން ބޭނުންކުރަން ފެށީ 1975 ގައެވެ. އެތަން ފުރަތަމަ ހުޅިވިއިރު އެތަނުގައި ބޭއްވޭނީ ދެ މީހުން ހަށިގަނޑެވެ. އޭގެ ފަހުން އެތަނަށް ބަދަލު ގެނެސް މިހާރު އެތަނުގައި އެއްފަހަރާ ހަ މީހުން ހަށިގަނޑު ބޭއްވރއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ގަލޮޅު މޯޗަރީ ބަދަލުކުރުމަށް ހުޅުމާލެ ސަހަރާ މިސްކިތުގެ ބިމުގައި މޯޗަރީގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންްކޮށްފައެވެ. މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:30 ގައި އަގު ހުށައަޅަން ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނިކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
ހުޅުމާލޭގައި ހަދާ މޯޗަރީގެ ކެޕޭސިޓީ އިތުރުކޮށް ހުޅުމާލޭގައި ހަދާ އައު އިމާރާތާއެކު އެތަނުގައި އެއް ފަހަރާ 10 ހަށިގަނޑު ބޭއްވޭނެކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އެ އިމާރާތުގައި 2 ސްޓާފުންނަށް ތިބެވޭގޮތަށް އެކަމަޑޭޝަންވެސް ހަދާނެކަމަށްވެސް މޭޔަރު އޭރު ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;