ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މުހިއްމު ބިލްތަކަށް މަޖިލީހުގެ މި ދައުރަށްް ފޮނުވަން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.
އެގޮތުން އެންމެ މުހިއްމު ބިލެއްގެ ގޮތުގައި އުޝާމް ފާހަގަކުރެއްވީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ "ޑޭޓާ ޕްރޮޓެކްޝަން' ބިލެކެވެ. އުޝާމް ވިދާޅުވީ މި ބިލްގުގެ މަސައްކަތް ކުރަމުން އަންނަތާ ވަރަށް ދުވަސްވެފައިވާކަމަށާއި އެ ބިލިުގެ މަސައްކަތްް މިހާރު ނިމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި އެ ބިލު މަޖިލީހަށް ފޮނުވާނެކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
" މީ އާއްމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު އަދި ޖަވާބުދާރީކުރެނެވި ގޮތެއްގައި އެ މައުލޫމާތު އެއްްކުރުމާއި ބޭނުންކުރުމާއި ޕްރޮސެސްކުރުމުގެ ނިޒާމެއް ގާއިމުކޮށް ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ އަދި އެފަރާތްތައް ރެގިއުލޭޓްކުރުމާއި ބެހޭ އުސޫލުތައް ކަނޑައަޅާނެ ގާނޫނެއް." އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ބައެއް ބިލްތައް މި ދައުރުގެ ތެރޭގައި މަޖިލިހަށް ހުށައަޅުއްވާނެކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ. އޭގެތެރޭގައި "މޯލްޑިވްސް 2.0" ގެ ދަށުން ޑިޖިޓައިޒޭޝަނާ ގުޅޭ 3 ބިލެއް ހިމެނޭކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ސައިބާ ސެކިއުރިޓީއާ ބެހޭ ބިލަކާއި ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ ބިލަކާއި ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ބިލެއްވެސް މި ދައުރުގައި މަޖިލިހަށް ހުށައަޅާނެކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;