ބޭސްލިބުމުގައި އާއްމުންނަށް ދިމާވާ ދަތިތަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަގައި އެ ކޮމެޓީއަށް މިއަދު ވަނީ ބޭސް ކުންފުނީގެ އިތުރުން އެސްޓީއޯ، އާސަންދަ ، އެންސްޕާގެ ވެރިން ހާޒިރުކޮށްފައެވެ.
އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ބޭސް ކުންފުންނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީހުރިހާ ބޭހެއް ލިބޭނެ ބޭސްފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެތަން އައިޖީއެމްއެޗުގައި އަންނަ ހަފްތާތެރޭގައި ގާއިމުކުރާނެ ކަމަށެވެ.
ޝާހު ވިދާޅުވީ ރާއްޖެއިން ބޭސް ލިބުމުގައި ދަތިވާ މައިގަނޑު ސަބަބަކީ ބޭހުގެ ތަފާސްހިސާބުތަކެއް ވަގުތުން ބަލައިލެވެން ނުހުންނާތީކަމަށެވެ. އެހެންކަމުން ހުސްވެފައިވާ ބޭސްތަކާއި ބޭސްތައް ހުރި ތަންތަން އެނގޭނެ ގޮތަށް އެ މައުލޫމާތު ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޝާހު ވިދާޅުވިއެވެ. އެ ނިޒާމު ހަމަޖެހުމުން ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބޭސްތައް ވެސް ގެނައުން އަވަސްވާނެކަންވެސް ޝާހު ފާހަގަކުރެއްވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;