މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށީ މިދިޔަ ކައުންސިލް އިންތިހާބާއި ދިމާކޮށް ވޯޓްގެ ދެ ދުވަސް ކުރިން އެލްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. ހ
އެމްޓީސީސން އިން ބުނީ އިންޓަވިއު އޮންނާނީ އަންނަ ބުރާސްފަތިދުވަހު މާފަންނު ބަސް ޓާމިނަލުގައި ކަމަށެވެ. އެއީ ހެނދުނު 10 އިން މެންދުރު 12:00 ޖަހަންދެންކަމަށް އެމްޓީސީސީން ބުނެ އެވެ.
ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގާއިރު، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ކުރިން ވަނީލ ބުނެ އެވެ. އެގޮތުން 269 ފަރާތަކާއި އިންޓަވިއުކޮށްފައިވާކަމަށް އެމްޓީސީއިން ބުންޏެވެ.
ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ. މި ހިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ިހދުމަތްތަކުގެ ސްޓައިލަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;