މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ވިއްސާރަކަމަށެވެ.
މޫސުން ގޯސްވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނ އެލާޓް ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 12:30 އިން ފެށިގެން އިރުއޮއްސި 6:30 ހަމައަށެވެ.
މެޓުން ނެރުނު އެލާޓްގައި ވަނީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;