ads
ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އިޝާ އަޝްރަފު
ޑޮކިއުމެންޓަރީ މައްސަލާގައި އީޝާ މިރޭ ފުލުހަށް ހާޒިރުކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ އީޝާ އަޝްރަފް މިރޭ ފުލުހަށް ހާަޒިރުވާން އަންގައިފި އެވެ.
Advertisement

އީޝާ  ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާފައިވަނީ މިރެއަށެވެ. 

އޭނާއަށް އަންގައިފައިވަނީ ހުޅުމާލޭ ފޭސް 1ގައި ހުންނަ ފުލުސް އޮފީހަށް މިރޭ 9ގައި ހާޒިރުވާށެވެ. 

ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އީޝާ އަޝްރަފުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލްކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވަނި އަމުރު ނެރެފައެވެ. 

ކޯޓުން ނެރުނު އަމުރުގައި ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އަމުރުގައި ބުނެފައިވަނީ  އަދަދު ނޫހުން ގެނެސްސިން އައިޝާ ޑޮކިއުމެންތްރީ އުފެއްދުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭކަމަށެވެ. އަދި އޭނާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ. 

' އައިޝާ' ގެ ނަމުގައި އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީހަށް ރޭ ވަދެ ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އެނޫހުގައި މަސައްކަތް ކުރަން ބޭނުންކުރާ ހުރީ ކޮމްޕިއުޓަރު ސިސްޓަމްތައް ފުލުހުން ގެންގޮސްފައިވާކަމަށް އެ ނޫހުން ބުނެއެވެ.

އޭގެ އިތުރުން އެ ތަނުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު 3 މަހަށް ހިފަހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;