ads
ޕެންޝަން އޮފީސް
ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަނީ
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ)ގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
Advertisement

އެ މަގާމަށް މީހަކު ހޯދަނީ ކުރިން އެ މަގާމުގައި ހުންނެވި ސުޖާތާ ހަލީމް މިދިޔަ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ސުޖާތާ މަގާމުން އިސްތިއުފާދެއްވީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ، 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. 

ޕެންޝަން އޮފީހުން މިއަދު ވަނީ އެ އޮފީހުގެ ސީއީއޯކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާފައެވެ. 

އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 7 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމަށް އެ އޮފީހުން ބުނެއެވެ . އެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ  ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ގޫގުލް ފޯމު     މެދުވެރިކޮށްކަމަށް އެ އޮފީހުން ބުނެއެވެ. 

 ޗީފް އެގްޒެކެޓިވް އޮފިސަރ ުގެ މަގާމަށް މީހަކު ހޯދަނީ  5 އަހަރު  ދުވަހުގެ މުއްދަތަށް ކަމަށާއި މުސާރަ އާއި ޢިނާޔަތްތައް ކަނޑައަޅާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ދެފަރާތުން އެއްބަސްވާ ގޮތަކަށްކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. 

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާއެކު، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛
  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާއެކު، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. 

މި މަޤާމަށް ޝޯޓްލިސްޓް ކުރުމުގައި، ޕެންޝަން، ސޯޝަލް ސެކިއުރިޓީ، ފައިނޭންސް، އިންވެސްޓްމަންޓް، ޕަބްލިކް ޕޮލިސީ، ގަވާނަންސް ފަދަ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، އެފަދަ ދާއިރާއެއްގައި ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;