ads
ޑްރަގާއެކު ހައްޔަރު ކުރި މީހާ އެދުނީ ބޮޑީކެމް ރެކޯޑިންއަށް
ޑްރަގާއެކު ހައްޔަރު ކުރި އަންހެން މީހާ އެދުނީ ބޮޑީކެމް ރެކޯޑިންއަށް
ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ގާތްގަނޑަކަށް 1.8 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކު، ދިފާއުގައި ފުލުހުންގެ ބޮޑީކެމްގެ ރިކޯޑިން ހޯދަން ބަންދު މުއްދަތު މަޖިލީހުގައި އެދެފިއެވެ.
Advertisement

ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ގާތްގަނޑަކަށް 1.8 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ދެ އަންހެނުންނަކީ އަލްޔާ ޝަރްސާ ނަސީރު 25އ، ގ. މުތީގެއާގެ, އަދި އާމިނަތު ރޫނާ، 29އ، ބިޖިލީއުފާ ކ. ތުލުސްދޫއެވެ. ދިފާއުގައި ބޮޑީކެމް ރިކޯޑިން ހޯދަން އެދުނީ އާމިނަތު ރޫނާއެވެ.

އާދިއްތަ ދުވަހު މި ދެ މީހުންގެ ބަންދު މުއްދަތު އިތުރު 25 ދުވަހަށްވަނީ ޖަހާފައެވެ. ރޫނާގެ ދިފާއަށް ބޮޑީކެމްގެ ރިކޯޑިން ހޯދަން އެދިފައިވާކަން ބަންދު އަމުރުގައި ބަޔާންކޮށްފައިވާއިރު، އަލްޔާއަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހެއް ކަމަށް އޭނާގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;