ads
20 ވަނަ ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
އަތޮޅު ކައުންސިލްތައް ރުޖޫއަ ކުރަން ހުށައެޅި ބިލް ޕީއެންސީ މެޖޯރިޓީން ބޭރުކޮށްލައިފި
މިހާރު ހިނގަމުންދާ ދައުރު ހަމަވުމާ އެކު އަތޮޅު ކައުންސިލްތައް އުވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ކުރިން އޮތް ގޮތަށް ބަދަލުކޮށް، އަތޮޅު ކައުންސިލްތައް މިހާރު ވެސް އޮތް ގޮތަށް ބާއްވަން ގާނޫނު އަސާސީ އަށް ހުށައެޅި އިސްލާހު ޕީއެންސީގެ މެޖޯރިޓީން މަޖިލީހުން ބޭރުކޮށްލައިފިއެވެ.
Advertisement

މި ބިލް މަޖިލިހަށް ހުށައެޅީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

މި ބިލް ބަލައި ނުގަނެ މަޖލީހުން މިއަދު ވަނީ ބޭރުކޮށްލާފައެވެ. ބިލް ބަލައި ނުގަނެ ބޭރުކޮށްލީ ވެރިކަން ކުރާ ޕީއެންސީގެ 45 މެމްބަރުންގެ ވޯޓުންނެވެ. ބިލް ބަލައިގަންނަށް ފެންނަކަމަށް ވޯޓްދިނީ އަށް މެމްބަރުންނެވެ. 

ކުޑޫ ހުށައެޅުއްވި ބިލުގައި ވަނީ އަތޮޅު ކައުންސިލްތައް މި ސަރުކާރުން އުވައިލީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި 2010 ގައި އަމަލުކުރަން ފެށި ގާނޫނުގައިވާ ގޮތަށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަމުން ދަނިކޮށް ކަމަށެވެ. އެހެންވެ އެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމަށްވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުން އަތޮޅު ކައުންސިލްތައް އުވާލީ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާއިން އަތޮޅު ކައުންސިލްތަކުގެ ބައި އުނިކޮށްގެން ކަމަށްވާއިރު، ކުޑޫގެ ބިލުގައި ވަނީ، އެ ބައި 231 ވަނަ މާއްދާގައި އަލުން ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިން ހިޔާލު ފާޅުކޮށް، އެ ބަދަލުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުން ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް ވަނީ، އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާނެ ކަމަށާއި، އެއާއެކު ރަށު ކައުންސިލްތަކުގެ ބަޖެޓު ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;