ads
ގުގުރާ ހޮނު އެޅުން
ވަރަށް ބާރަށް ގުރުރާނެތީ ޔެލޯ އެލާޓް ނެރެފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވަރަށް ބާރަށް ގުރުރާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
Advertisement

މިހާރު ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައަކީ ދެ މޫސުން ބެދޭ ވިއްސާރަކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

މި ވިއްސާރާގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބާރަށް ގުގުރާނެކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މެޓުން އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ސަރަހައްދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 13:00ގެ ނިޔަލަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އަޅަން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;