ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ވަރަށް ބާރަށް ގުގުރާ ވާރޭ ވެހޭނެތީ މެޓް އޮފީހުން ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.
އެކަމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވަނީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން ވަނީ ވިދާ ގުގުރާތީ އަޅަން ފެންނަ ފިޔަވަޅުތައްވެސް ބުނެދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;