ads
ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން
ސްރީލަންކާއިން ރައީސް މުއިއްޒުއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ސްރީލަންކާއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
Advertisement

ސްރީލަންކާއިން ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވާފައިވަނީ އެކަމައްޓަކައި ސްރީލަންކާގެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ބައިވެރިވެވަޑައިގަންނަވާފަ އެވެ. މި ރަސްމީއްޔާތުގައި ރައީސް މުއިއްޒު އަށް 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ. އަދި އެމަނިކުފާނަށް ރަސްމީ ކުރުނީހެއްވެސް އަރުވާފައިވެ އެވެ. ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމީއްޔާތު ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ ގައުމީ ސަލާމުންނެވެ.

މިރަސްމީއްޔާތުގައި ސްރީލަންކާގެ ސަރުކާރުގެ އިސްވެރިން ވަނީ ބައިރިވެވަޑައިގަންނަވާފަ އެވެ. އަދި ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން މި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައި ވެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އޮފީހުގެ މި ދަތުރުފުޅުގައި ރާއްޖެ-ސްރީލަންކާ ވިޔަފާރި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށާއި، ސްރީލަންކާގައި އުޅޭ ދިވެހީންނާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް، ރައީސް އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;