މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، ހަމައަށް މިއަދު 14:00 ފެށިގެން މިރޭ 08:00 ޖެހުމާއި ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ކުރިން ކުރާ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެކެވެ.
ހުޅަނގު މޫސުން ފެށޭއިރު މި މަހުގެ ދަހުކޮޅު ދިމާވަނީ ބޮޑު އީދު ބަންދާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;