ލަމްއާން އެމްއޭސީއެލުން އިސްތިއުފާދިނުމުން އޭނާ ވަނީ ހަމަ އެ ދުވަހު އެމްޕީއެލްގެ ބޯޑަށް އައްޔަންކޮށްފައެވެ. އޭނާ އެ ބޯޑަށް އައްޔަންކުރީ އެ ބޯޑުގައި އިންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކުރުމަށް ފަހުއެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްއާން އައްޔަންކުރުމަށްފަހު އޭނާ ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ވެސް އައްޔަންކޮށްފައެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކިޔާބީއަށް ފަހު ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް ސަރުކާރުން އަންނަނީ ބަދަލު ގެންނަމުންނެވެ. މި ގޮތުން 10 ވަޒީރަކު ވަކިކޮށް މިނިސްޓްރީތަކުގެ އަދަދު ވަނީ ވަކިކޮށްފައެވެ. އަދި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ވެރިން ވަނީ ބަދަލުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;