ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޗެއާޕާސަން އިންތިހާބު ފަސްކުރުމުން އެމްޑީޕީގެ މަސްލަހަތު ގޯސްވާނެ: ނަޝީދު
އެމްޑީޕީގެ ޗެއާޕާސަންއަކު ހޮވުމަށް ބާއްވާ އިންތިހާބު ނުބާއްވައިފިނަމަ "މަސްލަހަތު ގޯސް" ވާނެ ކަމަށް ކުރީގެ ރައީސް އަދި ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
Advertisement

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވަން އެ ޕާޓީން އިއުލާންކޮށްފައިވާ ތާރީހަކީ އަންނަ 12 ޖޫން އެވެ. ނަމަވެސް ގައުމީ މަޖިލީހުން ފާސްކޮށްގެން އެ އިންތިހާބު ފަސްކުރުމަށް އެ މަގާމާ ވަގުތީގޮތުން ހަވާލުވެގެން ހުންނެވި އަބްދުލްގަފޫރު މޫސާ ރޭ ވަނީ އެދިވަޑައިގެންފަ އެވެ.

އިންތިހާބު ފަސްކުރުމަށް ތާއީދުނުކުރައްވާކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށެވެ. ޕާޓީ ތެރޭގައި ގިނަ ބިޔަކު ތިބީ އެ މަނިކުފާނުގެ ފަޅީގައިކަން ނުވަތަ އިބޫގެ ފަޅީގައިކަން އެނގޭނީ މި އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެހެން ނޫނީ ޕާޓީގެ މަސްލަހަތު އަނެއްކާވެސް ގެއްލިދާނެ ކަމަށް ނަޝީދު އިޝާރާތްކުރެއްވި އެވެ. 

އެމްޑީޕީގެ ޗެެއާޕާސަން އިންތިހާބު ފަސްކޮށް އިންތިގާލީ އިންތިޒާމެއް ހަމަޖައްސަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވުމާ އެކު، ނަޝީދު ވަނީ އެ ޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަން ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު ނަޝީދުގެ ފެކްޝަނުން ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށާފަ އެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އިއުލާނުކުރައްވައިފަ އެވެ. 

"ބޮޑު ބަދަލު" މި ނަމުގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން ތަފުސީލާ އެކު، ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނައުމަށް ހުށަހަޅާ ބޮޑެތި ބަދަލުތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމެވެ.

ނަޝީދާ ވާދަކުރައްވާ މީކާއީލް ވެސް ދަނީ "އިތުބާރު"ގެ ނަމުގައި ކެމްޕެއިން ލޯންޗުކޮށް، ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. މަޖިލީހުގެ ޕީޖީ މެންބަރުން ވަނީ މީކާއީލަށް ތާއީދުކުރައްވައިފަ އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;