އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގަޕޯ ވަނީ ޕާޓީގެ އެތެރޭގެ ދެ އިންތިހާބު ފަސްކުރަން ފެންނަ ދެ ސަބަބެއް ހާމަކުރައްވާފަ އެވެ.
އިންތިހާބު ފަސްކުރަން އެދިވަޑައިގަންނަވާ ސަބަބަކަށް ގަފޫރު ވިދާޅުވީ:
އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ
މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވަނީ ވާދަކުރަން ނިންމާފަ އެވެ.
އިންތިހާބަށް ނަޝީދައި މީކައިލް ގެންދަވަނީ ފޯރީގައި ކެމްޕެއިންކޮށް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެމްޑީޕީގައި ދެ ޕެކްޝަން އުފެދިފައިވާއިރު ރައީސް ސާލިހާ މަޖިލީހުގައި ތިބި އެމްޑީޕީގެ ހުރިހާ މެމްބަރުން ވަނީ ޗެއާޕާސަން އިންތިހާބުގައި މީކާއިލް އަށް ތާއީދުކުރަން ނިންމިކަން ހާމަކޮށްފަ އެވެ.
މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ގައުމީ މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އިންތިހާބު ބާއްވާ ގޮތަށް ނިންމާފަ އެވެ. މި މައްސަލައިގައި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޗެއާޕާސަން އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އަސާސީ ގަވާއިދުން ދީފައިވަނީ އޭނާއަށް ކަމަށާއި އޭނާއަށް އެންގުމެއް ނެތި އިންތިހާބުގެ ޓައިމްލައިން އިއުލާންކުރުމަކީ ގަވާއިދާ ހިލާފު ބާތިލު ނިންމުމެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;