ads
ހައި އެޗީވާސް ސްކޮލަޝިޕާއި ރައީސްގެ ސްކޮލަޝިޕް ހަވާލުކުރުމުގެ ތެރެއިން
ހައި އެޗީވާސް ސްކޮލަޝިޕާއި ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މި ސްކޮލާޝިޕްތަކަށް ކުރަތިލެވޭނީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންނަށެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ސެޕްޓެންބަރު 30ގެ ނިޔަލަށް  ހުޅުވާލާފައިވާކަމަށެވެ. ސްކޮލަޝިޕަށް ކުރިމަތިލެވޭނީ މިނިސްޓްރީގެ "ކުރި"ޕޯޓަލް މެދުވެރިކޮށްކަމަށެވެ. 

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން 6000ރ. ގެ އެލަވަންސެއް ދޭން މި އަހަރު ވަނީ ނިންމައިފައެވެ. 

ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ އުސޫލަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މީގެކުރިން ހައި އެޗީވާސް ސްކޮލަޝިޕް ލިބެނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގައި ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާ އިން އޭ ލިބޭ ދަރިވަރުންނަށެވެ. އެހެންނަމަވެސް މިހާރު ގެނައި ބަދަލާއެކު އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަޝިޕް ލިބޭނެއެވެ. 

ރައީސްގެ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީ އަށް ވުރެ މަތީ ފާސްވާ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވެސް ދޭން ސަރުކާރުންވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;