ads
އާ ޓާމިނަލުގައި ގިނަ އަދަދެއްގެ ފަސިންޖަރުން މަޑުކޮށްލައިގެން. - ފޮޓޯ: އެމްއޭސީއެލް
ފުރަތަމަ ކުއާޓަރުގައި ދެ މިލިއަން މީހުން ވީއައިއޭ އިން ހިދުމަތް ހޯދި: އެމްއޭސީއެލް
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ދެ މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ހިދުމަތް ހޯދާފައިވާ ކަމަށް، އެއެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

ވީއައިއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރުވުމެކެވެ. ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު ޑޮމެސްޓިކް ޓާމިނަލުން 317،286 ފަސިންޖަރުންނަށް އަދި ސީޕްލޭން ޓާމިނަލުން 498،411 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ.

ވީލް ބޭސް އޮޕަރޭޝަންތަކުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނަ ފަސިންޖަރުންނަށް ވީއައިއޭ އިން ހިދުމަތް ދީފައިވަނީ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. އެ ގޮތުން އެ ދުވަހު 28،360 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. ފުރަތަމަ ކުއާޓަރުގައި ސީޕްލޭން ހިދުމަތް އެއް ދުވަހެއްގައި އެންމެ ގިނައިން ބޭނުންކުރީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ. އެ ދުވަހު 9،351 ފަސިންޖަރުން ސީޕްލޭން ހިދުމަތް ބޭނުންކުރި އެވެ.

your imageއާ ޓާމިނަލުގައި ގިނަ އަދަދެއްގެ ފަސިންޖަރުން ކައުންޓަރުތައް ކައިރީގައި ކިއުގައި މަޑުކޮށްގެން - ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މުޅި ކުއާޓާގައި ޖުމްލަ 72،128 އެއާޓްރެފިކް މޫވްމަންޓް އެއާޕޯޓުން ރެކޯޑްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. 

އެއާޓްރެފިކް މޫވްމެންޓްތަކުގެ ތަފްސީލަށް ބަލާއިރު ބައިނަލްއަގުވާމީ ދަތުރުތަކަށް 9978 މޫވްމެންޓް ވަނީ ރެކޯޑްކޮށްފަ އެވެ. ސީޕްލޭން ދަތުރުތަކަށް 54،594 މޫވްމެންޓް ރެކޯޑް ކޮށްފައިވާއިރު އަދި ޑޮމެސްޓިކް ދަތުރުތަކަށް ރެކޯޑްކޮށްފައި ވަނީ 7،556 މޫވްމަންޓެވެ.

އެ ކުއާޓަރުގައި ހާސިލް ކުރެވުނު ކާމިޔާބީއެއް ގޮތުގައި ފާހަގަކޮށްފައި ވަނީ ޗައިނާގެ ގްރޭޓާ ބޭއި އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;