ads
ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)"އިން އާންމު ކުރި ތަފާސްހިސާބުތަކުން ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިފައިވާކަމަށް ދައްކައިފިއެވެ.
Advertisement

މި އަހަރުގެ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި  ރާއްޖެ އޮތީ  ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ. އެ ގޮތުން ދިވެހިރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ 100 ވަނަގައެވެ. އޭގެފަހުން މިދިޔަ ދެ އަހަރު ރާއްޖެ މިވަނީ 8 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އެހެންނަމަވެސް 2025 ވަނަ އަހަރު 2024 ވަނަ އަހަރު އޮތް ދަރަޖައަށްވުރެ 2 ދަރަޖަ ކުރިޔަށް ޖެހިލާފައެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިގައި ރާއްޖެ އަށް އަންނަމުންދާ ބަދަލު 

  • 2021 - 72 ވަަނަ
  • 2022 - 87 ވަނަ
  • 2023 - 100 ވަނަ
  • 2024 - 106 ވަނަ
  • 2025 - 104 ވަނަ
  • 2026 - 108 ވަނަ

މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ، މި ސަރުކާރުންވެސް ބަދަލު ނުކުރުން ހިމެނެއެވެ. އަދި ސަރުކާރުން ދާދި ފަހުން މީޑިއާ ކޮމިޝަނެއް އުފައްދާ މީޑިއާތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުންވެސް ހިމެނެއެވެ. 

ރާއްޖޭގެ ޖުމްލަ ސްކޯވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ. މި އިންޑެކްސްގެ މައިގަނޑު ބަލާއިރު އެންމެ މިންގަނޑަކުން ފިޔަވައި ހުރިހާ މިންގަނޑަކުން ރާއްޖެ ވަނީ ފަހަތަށް ގޮސްފައެވެ. އެ އިންޑެކްސްގައި ރާއްޖެއަށް ހަމައެކަނި ކުރިއެރުމެއް ލިބުނީ އިޖުތިމާއީ ކުރިއެރުމުންނެވެ. އެ މިންގަނޑުގައި 133 ވަނައިން 118 ވަނަ ދަރަޖައަށް ވަނީ ކުރިއަށްޖެހިލައިފަ އެވެ. އެއީ 15 ދަރަޖައިގެ އިތުރުވުމެކެވެ. 

  • ސިޔާސީ މާހައުލު:  123 އިން 129 އަށް 
  • އިގްތިސާދީ މާހައުލު: ނޫސްވެރިކަމަށް އޮތް އިގްތިސާދީ ގޮންޖެހުންތައް ވަނީ 118 އިން 157 އަށް ގޮސްފައި
  • ގާނޫނީ ކަންކަމުގައި 103 އިން 126 އަށް، އެއީ 23 ދަރަޖަ ދަށަށް
  • ސަލާމަތާއި ރައްކާތެރިކަން: ނޫސްވެރިންނަށް ރައްކާތެރިކަން އޮތް މިންގަނޑު 56 އިން 77 ދަރަޖައަށް ދަށަށް ވެއްޓިފައި އެއީ 21 ދަރަޖަ ފަހަތަށް ޖެހުން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;