މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ މިނިސްޓަރުންގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އަދި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މުހައްމަދު އަމީން ވިދާޅުވީ، ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުމެއް ކަމަށެވެ.
އެކަމާ ގުޅިގެން، ސަރުކާރުން އެމްއޭސީއެލްއާއެކު ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ޖެޓް ފިއުލްގެ ކޮންމެ ލީޓަރަކުން 24 ސެންޓް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލެމުން އަންނައިރު، ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ޖެޓް ފިއުލްގެ އަގު އެމްއޭސީއެލުން ބޮޑުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު 1.19 ޑޮލަަރަށް ވިއްކަމުން އައި ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.69 ޑޮލަރަށް ބޮޑުކުރި އެވެ. އަގަށް ގެނައި މި ބަދަލާ އެކު، ޖެޓް ފިއުލް ލީޓަރެއް ދެން ވިއްކާނީ 1.44 ޑޮލަރަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;