ސަޢީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ ކޮންޓެއިނާތައް ރާއްޖެއަށް ގެންނާނީ ތިން އުޅަނދަކުންނެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލާދީ ސައީދު ވިދާޅުވީ އެ ކޮންޓެއިނާތައް ގެނެވުމުން، މުދާ ލިބުން ލަސްވުމުގެ ދައްޗަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ، މިދިޔަ މާރިޗު މަހު އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ %1.95 ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މޭވާއާއި ތަރުކާރީގެ އަގުތައް ކަމަށެވެ.
އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ތަރުކާރީގެ އަގު %5 ދަށަށް ގޮސްފައިވާ ކަމަށާއި، ޖުމްލަކޮށް މޭވާގެ އަގު %15.56 އަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ރާއްޖެއަށް ގެންނަ މުދާ ލަންކާގެ ބަނދަރުތަކަށް ބާލަން ޖެހެނީ މާލޭ ވިޔަފާރި ބަނދަރަށް ބޮޑެތި އާގުބޯޓުފަހަރު ގާތްކޮށްގެން މުދާ ބޭލުމުގެ ގާބިލުކަން ކުޑަވީމަ އެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މާޅޭ ބަދަރު ތިލަފުއްޓަށް ބަދަލުކޮށް ބޮޑެތި ބޯޓު ފަހަރަށް ވެސް ހިދުމަތް ދެވޭ ގޮތަށް "ބަދަރު" ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.
އެގޮތުން މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަނދަދު ބަދަލުކުރަން ޗައިނާ ކުންފުނިން ޖިއޯ ޓެކްނިކަލް ސާވޭ މިހާރު ވަނީ ފަށައިފަ އެވެ. އެމްޕީއެލް އިން ބުނީ ތިލަފުށީ ބަނދަރުގެގެ ފޭސް-އެކެއްގެ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ "ޖިއޯ ޓެކްނިކަލް" ސަވޭގެ މަސައްކަތެވެ.
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވަނީ، އެތަކެއް އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ މާލޭގެ މައި ވިޔަފާރި ބަނދަރު، 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 އަށް ނިންމޭނެކަން އިއުލާނުކުރައްވައިފަ އެވެ.
މިގޮތުން، އެ ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ބޭނުންވާ ދެ ކިލޯ މީޓަރުގެ ކީވޯލް އާއި ޕޭވްކުރުމުގެ މަސައްކަތާއި އިމާރާތް ކުރުމުގެ މަސއްކަތްތައް މިއަހަރުގެ މެދުތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށާއި، އެ މަސައްކަތްތައް އެއްކޮށް ނިންމައި، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ ފޭސް-އެކެއްގެ ޑިޒައިން އަދި ސާވޭގެ މަސައްކަތްތައް ކުރަމުންދަނީ ޗައިނާގެ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިންނެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;