ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން އެ މަގާމަށް މިއަދު އަޒްވަރު އައްޔަންކުރި އިރު، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސްޓެލްކޯގެ އެމްޑީގެ ޒިންމާ ވަގުތީ ގޮތުން އޭނަ ގެންދެވީ ނަންގަވަމުންނެވެ.
އައްޑޫ ފޭދު އަށް ނިސްބަތްވާ އަޒްވަރު މިހާތަނަށް ހުންނެވީ ޑެޕިއުޓީ އެމްޑީގެ މަގާމުގަ އެވެ.
އަޒްވަރާ ސްޓެލްކޯ ވަގުތީ ގޮތުން ހިންގެވުން ޖެނުއަރީ މަހުގެ 12 އިން ފެށިގެން ހަވާލުކުރީ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހު ރަޝީދު އެ މަގާމުން އެ މަހުގެ 11 ގައި ވަކިކުރުމާ ގުޅިގެންނެވެ.
ޑރ. އަޒްވަރުވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފަ އެވެ. ޑރ. އަޒްވަރު ސްޓެލްކޯއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގަ އެވެ. އެއަށްފަހު، ކުންފުނީގެ ފަންނީ އަދި އިދާރީ އެކި ފަންތީގެ މަޤާމުތައް ފުރުއްވާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;