ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށްް ބޭނުންވާ ފްލެޓް އަޅަން މާލެ ސަރަހައްދުގައި ބިމެއް ނެތް ކަމަށާއި ބޯހިޔާވަހިކަން ދޭނެ އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ ރަސްމާލޭގެ އެންމެ ބޮޑު މަޤުޞަދަކީ، މުސްތަޤުބަލަށް އޮތް ޕްލޭންކަމަށެވެ. މާލެ ސަރަޙައްދުގައި މިހާރު ހުރި ބިންތަކާއި ނިމުނު ސަރުކާރުގައި ގެންދިޔަ ބިންވެރިޔާ މަޝްރޫޢުގައި، ހުރިހާ ބިންތަކުން ގޯތި ދީފައިވާކަމަށް ވިދާޅުވި އެވެ. ފްލެޓް އެޅުމަށް ޖާގަ ހޯދުމަށްވެސް އޮތީ މަދު ބިންތަކެއްކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ޖުމްލަ 11،000 ހެކްޓަރުގެ ބިން ރަސްމާލެއިން ހިއްކަން ކަނޑައަޅައި 25،000 ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ.
ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާކަން ފާހަގަކުރައްވަމުން، އެ ފައިސާ ހޯދުމަށް ދަތިތަކެއް ހުރި ނަމަވެސް ސަރުކާރު ކުންފުނިތައް މެދުވެރިވެގެން އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މުއްތަލިބު މިއަދު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;