ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ދޮގު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު އޮންނާނެ: އިހުސާން
ގައުމުގެ ރައީސްއާ ދެކޮޅަށް ދޮގު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އައިޝާގެ ނަމުގައި އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ނޫހުގެ އިދާރާއަށް ފުލުހުން ރޭ ވަދެ ވަނީ ބަލައި ފާސްކޮށްފަ އެވެ. 

އަދި އެނޫހުގައި މަސައްކަތް ކުރަން ބޭނުންކުރާ ހުރީ ކޮމްޕިއުޓަރު ސިސްޓަމްތައް ފުލުހުން ގެންގޮސްފައިވާކަމަށް އެ ނޫހުން ބުނެއެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓްވަނީ 3 މަހަށް ހިފަހައްޓާފަ އެވެ. 

އަދަދު ނޫހަށް ފުލުހުން ވަދެ އެތަނުގެ މުދާތައް ގެންދިޔަ މައްސަލާގައި ރައީސް މުހައްމަދު މުއިއްޒުގެ ދިފާއުގައި އެމަނިކުފާނުގެ ކެބިނެޓުގެ މިނިސްޓަރުން މިހާރު ވަނީ ނުކުމެފަ އެވެ.

އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް "ޒިނޭ" ކުރިކަމުގެ ދޮގު ތުހުމަތުތަކެއް ފެތުރުމާ ގުޅިގެން ނޫސް އިދާރާއެއްގެ ހެޑް އޮފީސް ރެއިޑްކޮށް ޖިނާއީ ތަހުގީގެއް ހިންގުމަކީ ފުލުހުންނަށް ލިބިގެންވާ ބާރެއްގެ އިތުރުން އެ މުއައްސަސާގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

" ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް. ނަމަވެސް، މިއީ ހިފެހެއްޓުމެއް ނެތް މުތުލަގު ހައްގުތަކެއް ނޫން،" އިހުސާން ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ބޭފުޅުންނާއި ޢާއިލާއަށާއި ވަޒީރުންނާއި އާއިލާތަކަށް ރާއްޖޭގެ ބައެއް ނޫސްތަކުންނާއި ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ފުރައްސާރަކުރަމުންގެންދަނީ މީގެ ކުރިން ރާއްޖޭގައި މިފަދަ ކަންކަން ކުރިމަތިވެފައި ނުވާ މިންވަރަކަމަށްކަމަށެވެ. އިންސާފަށް ލޯބުކުރާ އެއްވެސް ރައްޔިތަކު މިކަންކަން ބަލައި ނުގަންނާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. 

އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ އޮންނަންޖެހޭ އެއްޗެއް ނަމަވެސް، ދުލާއި ގަލަމުގެ މިނިވަންކަމަކީ ވަކި ހުދޫދެއް އޮންނަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ތާއަބަދު ފުރައްސާރަކޮށް ސާބިތުނުހިފޭ ދޮގު ވާހަކަ ފެތުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫންކަމަށް ހީނާ ވިދާޅުވި އެވެ. 

"ސާބިތު ނުހިފޭ، ގަޒްފުގެ ތުހުމަތު ގައުމުގެ ވަލިއްޔުލްއަމްރުގެ މައްޗަށް ނުވަތަ އެހެން އެއްވެސް މީހެއްގެ މައްޗަށް ކުރުމުން އެކަމަކީ ތަހުގީގުކޮށް ފިޔަވަޅު އަޅާ އިންސާފު ގާއިމުކުރަންޖެހޭ ކަމެއް. "ހީނާ ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;