ads
އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު
އަދަދު' ނޫހުގެ މެނޭޖިން އެޑިޓަރު ހަސަންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓްވެސް ހިފަހައްޓައިފިއެވެ.
Advertisement

' އައިޝާ' ގެ ނަމުގައި އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީހަށް ރޭ ވަދެ ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އެނޫހުގައި މަސައްކަތް ކުރަން ބޭނުންކުރާ ހުރީ ކޮމްޕިއުޓަރު ސިސްޓަމްތައް ފުލުހުން ގެންގޮސްފައިވާކަމަށް އެ ނޫހުން ބުނެއެވެ.

އެ ތަނުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު 3 މަހަށް ހިފަހެއްޓުމަށް ކްތިމިނަލް ކޯޓުން ވަނީ އަމުރުވެސް ނެރަފައެވެ. 

ފިޔާޒުގެ އިތުރުން އެ ނޫހުގެ މެނޭޖިން އެޑިޓަރު އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓްވެސް ރޭ ވަނީ ހިފަހައްޓާފައެވެ.  ކޯޓް އަމުރުގައިވަނީ ހަސަނުގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް އިއްޔެއިން ފެށިގެން އަންނަ ޖުލައިމަހުގެ 27 ނިޔަލަށް ހިފަހައްޓަން އަމުރުކުރާކަމަށެވެ.

މީގެއިތިރުން ޑޮކިއުމަންޓަރީ ނެރުމުގައި ހަސަންގެ ބައިވެރިވުން އޮތް ކަމަށާއި ހަސަން ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;