ads
ސިޔާސީ ޕާޓީގެ ލީޑާޝިޕުގެ މައްޗަށް ރިކޯލް ވޯޓު ނެގުން- ކޮންމެހެން ބޭނުން ބަދަލެއް!
ސިޔާސީ ޕާޓީތަކަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް ތަނބެވެ. ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އާންމު މެންބަރުންގެ ބަސް ޕާޓީގެ ތެރޭގައި ވިކުމަކީ ގައުމުގެ ސިޔާސީ މަޝްރަހު އިސްލާހުވުމުގެ ފެށުމެވެ. މިގޮތުން، ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕް ޒިންމާދާރު ކުރުވުމަށްޓަކައި "ރިކޯލް ވޯޓު" ނެގުމުގެ ނިޒާމެއް އޮތުމަކީ މިއަދު ކޮންމެހެން ބޭނުންތެރިކަމެއްތޯ މިއީ މިއަދު ސީރިޔަސް ކަމާއެކު ކޮށްލަން ޖެހޭ ސުވާލަކަށް ނުވޭތޯ އެވެ.
Advertisement

ސިޔާސީ ޕާޓީއެއްގެ ލީޑާޝިޕަށް އާންމު މެންބަރުންގެ ތާއީދު އޮތުމަކީ ޕާޓީގެ ދިރުމެވެ. ލީޑާޝިޕުން ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކޮށް، ވަކި ބައެއްގެ މުށުތެރެއަށް ޕާޓީ ހިސޯރުކުރާ ހާލަތްތަކުގައި ރިކޯލް ވޯޓެއްގެ މުހިންމުކަން ބޮޑުވެ އެވެ. މިފަދަ ނިޒާމެއް އޮތުމުން، ޕާޓީ ވަކި ބަޔަކު ހިސޯރުކުރުމަށް އޮންނަ ފުރުސަތު ހަނިވެ، ލީޑާޝިޕަށް އާންމު މެންބަރުން ކުރާ އިތުބާރު ބޮޑުވެގެންދާނެ އެވެ. އަދި ޒިންމާދާރުކަމާއެކު ވެސް ޕާޓީ ހިންގަން މަސައްކަތް ކުރާނެ އެވެ.

"އަސްލު މިހާރު ވަރަށް ބޮޑަށް ޕާޓީތައް ހިންގުމުގެ ނިޒާމް ބަދަލު ކުރަން ޖެހިއްޖެ. ޕާޓީތަކަކީ ވަކި މީހެއްގެ ކަލްޓެއްގެގޮތުގައި މިހާރު ރާއްޖޭގައި ޕާޓީތައް ހިންގަމުން. އެއީ ހުދުމުހުތާރުކަމުގެ ހައްދެއް ނެތް ކަމެއް. އަސްލު ޕާޓީއަކީ ގިނައެއްގެ މަންފާއަށް ގިނަބައެއްގެ ބައިވެރިވުމާއެކު ހިންގަންޖެހޭ މުއައްސަސާއެއް. ނަމަވެސް މިކަން މިގޮތަށް ނުހިނގާ ނަމަ ހަމަ އާއި އުސުލާއި އިންސާފުވެރިކަން ވެސް ގާއިމު ނުކުރެވޭނެ،" ހިންގުމުގެ ކަންތައްތައް ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިން އެދޭ ފަދަ އިންސާފުވެރިކަމަކާއި ހަމަ އާއި އުސޫލެއް ރާއްޖެއަށް ގެނެވޭނީ ވެސް ސިޔާސީ ޕާޓީތަކުގައި ތަހުޒީބު އުސޫލުތައް ގާއިމުކޮށް އެކަން ތަޖުރިބާ ކުރަން ފަށައިގެން ކަމަށެވެ. އެހެން ނޫން ނަމަ ސިޔާސީ އިސް މީހުން މި ދައްކާ މޮޅު ވާހަކަތައް ހަގީގަތަކަށް ހެދުމަކީ ވެސް ދަތި އަދި ގިނަ ދުވަސް ނަގާނެކަމެއް ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

"ހިނގާ ބަލަމާ ފުރަތަމަ ތިމާއަށް. ތިމާއަށް ގަބޫލު ނުކުރެވޭ ނަމަ ތިމާ ގައުމާ ނުވަތަ ޕާޓީ އާ ހަވާލުވެގެން އިންސާފު ގާއިމު ކުރެވޭނެތަ. ތިމާގެ ކުރިމަތީގައި ނެތް އިންސާފާއި ހަމަހަމަކަމާއި ހަމަ ގަބޫލު ކުރުން ނެތް ނަމަ ތިމާ ހަވާލުވެ ހިންގަ ހިންގުމެއްގައި އެ ސިފަތައް ގާއިމު ކުރަން އުނދަގޫވާނެދޯ. އެހެންވީމާ ފުރަތަމަ އިސްލާހުވާން ޖެހެނީ ނުވަތަ ރިފޯމް ކުރަން ޖެހެނީ ތިމާ އާ އެކު އެ ބަޔަކު ހިންގާ ޕާޓީ. އެއަށް ފަހު ގައުމު އިސްލާހު ކުރަން ނުވަތަ ރަނގަޅު ކުރަން ނިކުމެ ގައުމު ނުވަތަ ޕާޓީ ހިންގަން ހަވާލުވާންވީ،" ޕޮލިޓިކަލް ސައިންސްއިން މާސްޓާސް ހާސިލުކޮށްފައިވާ ދިރާސާވެރިޔާ ވިދާޅުވި އެވެ.

ތަންދޮރުތަންނަ އެ ފަދަ ބޭބޭފުޅުން އެ ދައްކަވާ ވާހަކަތަކަށް ބަލާއިރު ޕާޓީތައް ހިންގުމުގައި މަދު ބައެއްގެ ތާއިދު ނުވަތަ މަދު ބަޔަކު ކޮންޓްރޯލްކޮށްގެން ޕާޓީ ހިންގާ ހިންގުން ނިމުމަކަށް ގެންނަން ޖެހެ އެވެ. އެއީ ހިންގަން ހަވާލުވާ ޕާޓީއަކީ ވެސް އެތައް ސަކޭތަ ބައެއްގެ އޯނަޝިޕް އޮވެގެން ހިންގާ މުއައްސަސާއަކަށް ވާތީ އެވެ. އެހެން ކަމުން ހިންގަން ހަވާލުވެ ހުންނަ މީހަކާ ނުވަތަ މީހުން ޕާޓީ ހިންގަނީ ގޯސްކޮށް ކަމަށް ގިނަ ބަޔަކަށް ފެންނަ ހާލަތުގައި އެ މީހަކާ މެދު ގޮތް ނިންމާ އަދި އެމީހަކާ މެދު ބަސް ބުނުމުގެ ބާރުވެރިކަން އާންމު މެމްބަރުންގެ އަތުގައި އޮތުމަކީ މަންފާއެއް ލިބޭނެ ކަމެކެވެ.

މިކަމުގެ ސަބަބުން ނިކުންނާނެ އެންމެ އުންމީދީ ނަތީޖާއަކީ ލީޑާޝިޕުގައި ތިބޭ ބޭފުޅުން މެންބަރުންނަށް ޖަވާބުދާރީވާން ލާޒިމްވުމެވެ. މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރު އޮތުމަކީ، ލީޑަރުން ޒިންމާދާރުކަމާއެކު ސިޔާސީ ޕާޓީ ހިންގުމަށް ލިބޭ ބާރެކެވެ. އޭރުން ޕާޓީގެ ނިންމުންތައް ނިންމުމުގައި އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ލީޑާޝިޕަށް މަޖުބޫރުވާނެ އެވެ.

ސިޔާސީ ޕާޓީގެ ހިންގުން ޒިންމާދާރު ކުރެވި، ޑިމޮކްރެޓިކް އުސޫލުތައް ފުރިހަމައަށް ތަންފީޒުވުމަކީ ހަމައެކަނި ޕާޓީއަށް ލިބޭ ކުރިއެރުމެއް ނޫނެވެ. ސިޔާސީ ޕާޓީތަކަކީ ސަރުކާރު އެކުލަވާލާ އަދި ގައުމުގެ މުހިންމު ސިޔާސަތުތައް ކަނޑައަޅާ އިދާރާތަކަށް ވުމުން، ޕާޓީތަކުގެ ހިންގުން ރަނގަޅުވުމުގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުޅި ގައުމަށް މުޖުތަމައުއަށް ކުރާނެ އެވެ. ގައުމުގެ ހަމަޖެހުމާއި، ތަރައްގީ ބިނާވެފައިވަނީ ޒިންމާދާރު ސިޔާސީ ޕާޓީތަކެއްގެ އަމަލާއި ބަހުގެ މައްޗަށެވެ.

ތެދެކެވެ. ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕް ރިކޯލް ކުރެވޭނެ ގޮތެއް އޮތުމަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވެ، އިހުލާސްތެރިކަމާއެކު ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރާނެ ލީޑަރުން އުފެދުމަށް މަގުފަހިވާނެ ކަމެކެވެ. މިއީ ރާއްޖޭގެ ސިޔާސީ ނިޒާމު އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ކޮންމެހެން ބޭނުންތެރި ބަދަލެކެވެ.

މި ބަދަލަށް ގޮވާލާ އެދޭ ރާއްޖެ ޓީމުން މިހާރުވަނީ "ސިޔާސީ ޕާޓީތައް ރިފޯމް ކުރަން" އިސްލާހީ ހަރަކާތަކަށް ގޮވާލާފަ އެވެ. "ސިޔާސީ ޕާޓީތަކުގެ ރިފޯމަށް" ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމުގެ ތެރޭގައި:

ހުށައެޅުން

  • ޕާޓީތަކަށް ފައިސާ ލިބޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމާއެކު އެތެރޭގެ އިންތިހާބުގައި ހަމަހަމަ ފުރުސަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ޕާޓީ ހިންގަން ހުންނަ މީހާ ގައުމީ އިންތިހާބެއްގެ ޓިކެޓް ހޯދުމަށްޓަކައި ބާއްވާ ޕްރައިމަރީތަކުގައި ވާދަނުކުރެވޭގޮތަށް ކަނޑައެޅުމަށާއި، ލީޑަޝިޕާ މެދު ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ފުރުސަތު ހޯދުމަށާއި ލީޑަޝިޕުގައި ތިބޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށް

ނަތީޖާ

  • ސިޔާސީ ޕާޓީ ހަރަކާތް ހިންގުން ހަރުދަނާ ވެފައިވާ މިންވަރަށް ބަލާއިރު ޕާޓީތަކުން ފައިސާ ހަރަދު ކުރަނީ ޕާޓީ އާއި މެމްބަރުންގެ މަސްހަލަތު ހިމާޔަތް ކުރެވޭނެ ހަމަ އާއި އުސޫލުންތޯ ކަށަވަރުވެ، ޕާޓީ ހިންގުމުގެ ޒިންމާ އާ ހަވާލުވެ ތިބޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވުމާއި ޕާޓީގެ އެންމެ އިސް މަސްލަހަތަކީ އާންމު މެމްބަރުންގެ މަސްލަހަތުކަމަށް ވުމުން ޕާޓީ ހިންގާ މީހުން ޒިންމާދާރު ކުރެވި ޖަވާބުދާރީ ކުރުމަށް ފަސޭހަވެ ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެމްބަރުންކަން ކަށަވަރު ކުރެވި، ނަޒާހަތްތެރިކަން ލިބިފައިވާ މީހުންނަށް ސިޔާސީ ޕާޓީތަކުން ޖާގަ ލިބުން

މިއަދުގެ ސިޔާސީ ހަގީގަތަކީ ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކޮށް، މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ފުރަތަމަ ކުރަންވީ ކަމަކީ "ބަހުސެއް" އުފައްދާ ހިޔާލު ފާޅުކުރުމެވެ. އެ ހިޔާލުފާޅުކުރުންތަކުގެ ތެރެއަށް ސިޔާސީ ޕާޓީތަކުގެ ރިފޯމް މައުލޫ ވެއްދުމެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި ކުރި ފަދަ އިސްލާހީ މަސައްކަތަކެއް އަލުން ފެށިއްޖެ ނަމަ މިއަދު ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި ސިޔާސީ ޕާޓީތަކުން މިފެންނަ ފުރިހަމަ ނޫން، ނުރަނގަޅު، ގޯސް އެތައް ކަމެއް ރަގަނޅު ކުރުމަށް ފުރުސަތު ދިވެހިންނަށް ފަހިވެގެންދާނެ އެވެ.

ދިވެހިރާއްޖޭގެ ޑިމޮކްރަސީ ފައްކާވަމުން އަންނާނީ މަދަނީ މުޖްތަމައުއާއި ރައްޔިތުންގެ ބައިވެރިވުމާއި، ސިޔާސީ ޕާޓީތަކުގެ ދައުރާއެކުގައި އެވެ. ކޮންމެ ސިޔާސީ ހަރަކާތަކީ ވެސް ގައުމުގެ ކުރިމަގަށް ޓަކައި، ފާޑުކިޔުމާއި، މަޝްވަރާކުރުމާއި، އަދި ހައްލު ހޯދުމުގެ މަގު ފަހިކޮށްދޭ ކަމެކެވެ.

މަދު ބައެއްގެ ތާއިދު ހޯދައިގެން މުޅި ޕާޓީ ނުވަތަ ގައުމު އަޅުވެތިކަމުގައި ބާއްވައިގެން ހިންގާ ކަމުގެ ތުހުމަތުގެ އަޑު ކިތަންމެ ގަދަވެ ކިތަންމެ ބޮޑު ގޯހެއް ހެދި ކަމަށް ފެނުނަސް ކުރެވޭނެ ކަމެއް ވެސް ނެތެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވިޔަސް އެޅޭނެ ތަހުޒީބު ފިޔަވަޅެއް ހޯދިފާ ނެތުމަކީ އެންމެ ބޮޑު އެއް ގޯހެވެ. ޒަމާން ބަދަލުވެ މީހުން ތަހުޒީބުގެ މަގަށް ދަތުރުކުރާއިރު، ޕާޓީ ހިންގަން ހަވާލުވެ ހުންނަ މީހަކާ މެދު ގޮތް ނިންމުމުގެ ބާރު އާންމު މެމްބަރުންނަށް ލިބިދޭނެ އުސޫލަކުން ޕާޓީތައް ހިންގަން މަޖުބޫރީ ހާލަތަކަށް ނުދޭތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;