ads
އިލެކްޝަންސް ކޮމިޝަން
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލުމުގެ މުއްދަތު އީސީން އިތުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
Advertisement

އައްޑޫ ސިޓީގެ ހިތަދޫ އުތުރުދާއިރާގެ ގޮނޑީގައި މިހާތަނަށް އިންނެވި ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދާއިރާގެ އިންތިހާބު އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. 

އީސީން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން 02 މޭ ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.

މި އިންތިހާބުގައި ސަރުކާރުގެ ހިންގާ  ޕާޓިން ޓިކެޓް ލިބިފައިވަނީ ކުރިންވެސް އެ ދާއިރާގެ މެމްބަރަކަށް ހުރި މުހައްމަދު ސިނާން އަށެވެ. އިދިކޮޅު އެމްޑީޕން ނިކުތީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުالله ސާދިގް (ސޯބެ)އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;