ads
ފެނަކަ ކޯޕަރޭޝަންގެ އާ އެމްޑީއަކަށް އައްޔަންކުރި މުހައްމަދު އަފީފް ހުސެއިން.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް އައްޔަނުކޮށްފި
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު މުހައްމަދު އަފީފް ހުސައިން އައްޔަންކޮށްފި އެވެ.
Advertisement

ޕީސީބީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، އަފީފު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ. 

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފް އެންމެފަ ހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

އެ ކުންފުނީގެ އެންމެ އިސް މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޖާހު މި މަހުގެ 6 ވަނަ ދުވަހުގައި ވަކިކުރުމުންނެވެ. މުހައްމަދު އަފީފް ވެފައި މިވަނީ އެ ކުންފުންޏާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;