މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް، 2022 ގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރަނީ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ.
މި މައްސަލައިގެ ޝަރިއަތް ކުރިއަށްދަނީ ސިއްރުކޮށްގެންނެވެ.
އެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި، މާއްދީ ހެކިތަކެއް ކޯޓަށް ގެނެސް ދެއްކުމަށްފަހު އެ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޯޓަށް ގެނެސް ދެއްކީ އެ ހަމަލާގައި ބޭނުންކުރި ކަމަށް ތުހުމަތުވާ ތިން ވަޅިއަކާއި ސާހިލްގެ ޓީޝާޓަކާއި ސޯޓަކާއި ހެދުމަކާއި ޝިއާއު ބޭނުންކުރި ތިން ހެދުމެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އެ މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހަޅާ ގޮތް އޮތް ނަމަވެސް މިއަދުވެސް ހުލާސާ ބަޔާން ހުށަނާޅާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމުމާ ކައިރިވެފައިވާއިރު، މީގެ ކުރިން ޝާހިލް އެއްގޮތަކަށްވެސް ތަހުގީގުގައިވެސް އަދި ޝަރީއަތުގައިވެސް ވާހަކަ ނުދައްކައި ހުރުމަށް ފަހު އެންމެ ފަހުން ވާހަކަ ދައްކަން ފަށައި، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށްވަނީ ބުނެފަ އެވެ. ސާހިލްއަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައިދިނެވެ. ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި އޭނާ އަށް ވަކީލުން އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން އޮތީ ނިންމައިފަ އެވެ.
ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލް، ފ. ނިލަންދޫ / ފިނިފެންމާގޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ އިތުރުން ސިއްރުކޮށްފައިވާ ދެ ދައުވާއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;